ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

26 އޭޕްރީލު 2020 22:00

ނަންބަރު

7

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދު ކުރައްވައި ހުށަހަޅުއްވާފައިވަނީ މިމަސައްކަތް ދިރާސާކުރެއްވުމަށް އެކުލަވާލެވުނު ސަބް ކޮމިޓީން، މިމަސައްކަތް ދިރާސާކުރެއްވުމަށްފަހު މައި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓު މައި ކޮމިޓީން ފާސްކޮށް އެ ރިޕޯޓުގައިވާ ކަންކަން ފާހަގަކުރައްވައި، މި މަސައްކަތް ކޮމިޓީން ނިންމައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. މިއާއި އެކު މިބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA