ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

5 ޖޫން 2020 20:00

ނަންބަރު

9

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ރާއްޖޭގެ ރަށްރަށަށް އަރާފޭބުމާ ބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ހަދާފައި ނުވުމުގެ ސަބަބުން ރަށްރަށުގެ ބަނދަރުތައް އެއްވެސް އުސޫލެއްނެތި ބޭނުން ކުރަމުންދާކަމަށާއި އަދި ރާއްޖޭގެ މަސްވެރިކަމަށް ބޭނުންކުރާ މަސްދޯނިފަހަރުގައި ބިދޭސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރުމެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަކީ؛ 1. މިނިސްޓަރ އަލްފާޟިލާ އައިޝަތު ނަހުލާ 2. ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހައިރު 3. ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙައްމާދު ޢަބްދުލްޤަނީ 4. ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޝިމާޒް އަލީ 5. ޕާރމަންޓް ސެކެރެޓަރީ އަލްފާޟިލް ޢަބްދުﷲ ފަޔާޒް 6. ސީ.އީ އަލްފާޟިލް މަހްދީ އިމާދު 7. ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ސާމީ އަޤީލް 8. ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަލީ ޒުބައިރު ހުސައިން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA