ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

17 ޖޫން 2020 23:30

ނަންބަރު

12

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ ގެ ނަން ބައްދަލުކުރުމާއި ގުޅިގެން، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ފޮނުއްވާފައިވާ މައްސަލަ އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގެ މަޤާމަށް އަޢްޔަންކުރައްވާފައިވާ ފަރާތައް ރުހުން ދިނުމުގެ މައްސަލައެވެ. އެގޮތުން ފުރަތަމަކަމަކަށް ކުރިއަށް ގެންދެވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގެ މަޤާމަށް އަޢްޔަންކުރައްވާފައިވާ ފަރާތައް ރުހުން ދިނުމުގެ މައްސަލައެވެ. މި މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި، މަނަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ މިއީ މިހާރުވެސް މިނިސްޓަރުކަމުގެ ރުހުން ދެއްވާފައިވާ މިނިސްޓަރު ކަމުގެ މަޤާމު މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލިއްޔަތުކަމާއި ތަޖުރިބާހުރި މިނިސްޓަރަކަށް ވެފައި، މިހާރު ވެސް ހިނގަމުންދާ މަސައްކަތުގެ ދާއިރާގައި ގުޅުން ހުރި ދެ މިނިސްޓްރީއެއްގެ މަސައްކަތް އެއްވެފައިވާތީ މި ކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ނުފެންނާތީ، މިއަދުން މިއަދަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ގޮތަށް މިމައްސަލަ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީގެ އަޢްލަބިއްޔަތުން ފާސްކުރައްވާފައެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ ގެ ނަން ބަދަލުކުރުމާއި ގުޅިގެން، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ފޮނުއްވާފައިވާ މައްސަލައެވެ. މިމައްސަލައިގައި ކޮމިޓީން ގޮތެއް ނިންމެވުމަށް ހުޅުވާލި ފުރުޞަތުގައި، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޘިމް ހުށަހަޅުއްވައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ މި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަކިގޮތަކަށް ކަނޑައަޅުއްވައި ފޮނުއްވާފައިވާ މަސައްކަތުގެ ދާއިރާއަށް ވާތީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކޮށް މަޖިލީހަށް ފޮނުވުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުވުމުން މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ބަދަލުތަކެއް އައިސްފައިވާތީ، މިނިސްޓްރީއިން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހިންގުމަށް ރާއްވަވާފައިވާ ގޮތާއި މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެހައި މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރާއި ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ. އަދި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓަރާއި ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA