ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

7 ޖުލައި 2020 10:00

ނަންބަރު

15

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމެވެ. އެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދު އެކަމަނާގެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންނުދާކަމަށް ފެންނާތީ، އެކަމަނާއާ ސުވާލުކުރުމަށް ކޮމިޓީއަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެވުނެވެ. އެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދު ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ބައްދަލުވުމުގައި ބައިވެރިވެލެއްވި މެމްބަރުންގެ ތެރެއިން ފެންނަކަމަށް ވޯޓުދެއްވީ 02 މެމްބަރުންކަމުން، މި ހުށަހެޅުން ފާހެއްނުވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 ޖުލައި 2020 - ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA