ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

14 ޖުލައި 2020 10:00

ނަންބަރު

16

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދު އެކަމަނާގެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންނުދާކަމަށް ފެންނާތީ، އެކަމަނާއާ ސުވާލުކުރުމަށް ކޮމިޓީއަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ސިޓީއެވެ. މި ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީ ތާއިދުކުރައްވާފައިވެއެވެ. އަދި ކޮމިޓީގެ އެހެން މެންބަރުންގެ ވެސް ވަނީ ތާއީދުކުރައްވާފައެވެ. އަދި އެއްވެސް މެންބަރަކު އިޢުތިރާޟްނުކުރައްވާތީ، އެ ގޮތަށް އެ މައްސަލަ ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ޖުލައި 2020 - ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA