ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

28 އޭޕްރީލު 2021 12:00

ނަންބަރު

27

2021 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އައި.ސީ.ޓީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި މެދު ގޮތެއް މަޝްވަރާކޮށް ގޮތެއް ނިންމެވުމެވެ. އެގޮތުން ރިޕޯޓްގައި އިތުރު އިދާރާތަކުން މައުލޫމާތު ހިމެނުމަށް ކޮމިޓީން ފާސްކުރެއްވިއެވެ. އެ އިދާރާތަކަކީ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކެވެ. އަދި ހުރިހާ ރިސޯޓްތަކުގެ މައުލޫމާތު ވެސް ހިމެނުމަށް ކޮމިޓީން ފާސް ކުރެއްވިއެވެ. ސަބް ކޮމިޓީގެ ރިޕޯޓް އަބުރާ ކޮމިޓީއަށް ފޮނުވާލުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ފާސް ކުރެއްވިއެވެ. އަދި ސަބް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ އިތުރުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA