ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

18 މޭ 2021 12:00

ނަންބަރު

28

2021 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 22/2020) ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަތީ އެ ބިލުގެ ސުންގަނޑި ކަނޑައެޅުމެވެ. އެގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ޙާރޫން ތާއީދު ކުރައްވައި ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވީ ބިލުގެ ސުންގަނޑިއަކީ 15 ނޮވެންބަރު 2021 ކަމުގައެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މަސައްކަތްތައް ނިންމާނެ ތަރުތީބެއް ކަނޑައެޅުއްވުމެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ދިރާސާކުރެއްވުމެވެ. އެ ގޮތުން ބިލުގެ 41 ވަނަ މާއްދާ އިން ފެށިގެން 47 ވަނަ މާއްދާގެ ނިޔަލަށް އިސްލާހް ކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA