ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

18 އޯގަސްޓު 2020 10:00

ނަންބަރު

20

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް އައްޔަންކުރައްވާފައިވާ ދަފްތަރު ނަންބަރު 4336، ޑޮކްޓަރ ޢަބްދުﷲ މަޢުސޫމް އަށް ރުހުންދިނުމާމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީއިން ބެލިބެލުމުގައި އެ މަނިކުފާނަކީ ޓްރާންސް މީޑިއާ ޕވޓ.ލޓޑގެ ބޯޑް ޑިރެކްޓަރ ކަމާއި މެނޭޖިންގ ޑިރެކްޓަރކަން ފުރުއްވާ ބޭފުޅެއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރެކޯޑްތަކުންދައްކާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯ ސާފުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ޤާނޫނީ ލަފާހޯއްދެވުމަށް ފެންނަކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވުމުން ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ބައްދަލުވުމުގައި ބައިވެރިވެލެއްވި 11 މެންބަރުންގެ ތެރެއިން 10 މެމްބަރުންގެ އަޤްލަބިއްޔަތުން ފާސްކުރެވުނެވެ. (މި ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙިދުއެވެ.)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA