ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

22 އޮކްޓޯބަރު 2019 12:00

ނަންބަރު

41

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

1.މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޝަނަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަޢްޔަނުކުރުމަށްޓަކައި އިންޓަރވިއު ކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ކުރިމަތިލައްވާފައިވާ އަލްފާޟިލް އިސްމާޢިލް ނާޝިދުއާ އިންޓަރވިއު ކުރެއްވިއެވެ. މި ބައްދަލުވުމުގައި އަލްފާޟިލް އިސްމާޢިލް ނާޝިދުގެ ރެފަރެލްއެއްގެ ގޮތުގައި އަލްފާޟިލް އިބްރާހީމް ރަޝާދު ބައިވެރިވެވަޑައިގެން، ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. 2.ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިއުކުރެއްވުމަށްފަހު، އެ މަޤާމަށް އަލްފާޟިލް ފަތުޙުﷲ ޖަމީލް، ފިނިފެންމާގެ / ތ.ތިމަރަފުށި ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 09 މެންބަރުންގެ ވޯޓުން ފާސްވުމާގުޅިގެން މަޖިލީހަށް އެނަންފުޅު ފޮނުއްވުމަށް ނިންމެވިއެވެ. އަދި އެ މަޤާމަށް އަލްފާޟިލް އިސްމާޢީލް ނާޝިދު، ހ.ސެނާ / މާލެ ޢައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ވޯޓު ލިބުނުކަމުގައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައިވާގޮތުގެ މަތިން ކޮމިޓީގެ 2/3 އަޣުލަބިއްޔަތު ލިބިފައިނުވާތީވެ، އެ ނަންފުޅު ތަޅުމަށް ނުފޮނުވައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA