ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

26 އޯގަސްޓު 2020 12:30

ނަންބަރު

22

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، 6 އޮގަސްޓު 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) އަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ރިޕޯޓް ތަޅުމުން އަނބުރާ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، މި މައްސަލަ ކޮމިޓީން ދިރާސާކުރުމެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ، 6 އޮގަސްޓު 2020 ވަނަ ދުވަހު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގެ ހުވާކުރެއްވިއިރު އަމިއްލަ މަސްލަހަތު ހިމެނޭ ވިޔަފާރީއެއްގައި ބައިވެރިވުން އޮތްކަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮމިޓީއާ ޙިއްޞާކޮށްފައިވާ ސިޓީއިން ފާހަގަވާތީ، ޤާނޫނުއަސާސީގެ 136 ވަނަ މާއްދާ (ހ) ގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަޤާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަޤާމެއް ފުރައިގެނެއް ނުވާނެކަމާއި އަދި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އަލުން މަޤާމުގެ ޙުވާކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ 10/8 އަޣުލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA