ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

28 އޮކްޓޯބަރު 2020 10:30 ނަންބަރު 24

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއައްސަސާތަކުންނާއި މީސްމީހުން ހުށަހަޅާ ޝަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން ހުށަހެޅުންތަކާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލާއި އެއްގޮތަށް ކޮމިޓީން އަމަލުކުރުމަށް ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީތަކާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން؛ 1. ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީ އެކަމުގެ ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ނަން ހާމަ ނުކޮށް އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީ؛ މި ސިޓީއާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒްއިން ސާފުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މި މައްސަލަ އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށްކަމަށްވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުމަށް ނިންމެވިއެވެ. 2. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލަ؛ މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމޭނެކަމަށް ފާހަގަކޮށްފައިވާތީ، އޭ.ސީ.ސީއިން މިމައްސަލައާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. 3. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާގޮތުގެމަތިން ބައެއް ވުޒާރާތަކުން މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށްވިދާޅުވެ، އިންފޮމޭޝަން ކޮމިޝަނަރ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ޙިއްޞާ ކުރައްވާފައިވާތީ، އިންފޮމޭޝަން ކޮމިޝަނަރއަށް އެއްބާރުލުންދެއްވުމަށް އެދި ސަރުކާރުގެ ވުޒާރަކުގައި ދަންނަވައިދެއްވުން އެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުއްވާފައިވާ ސިޓީ؛ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުއްވާފައިވާ އަމުރަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނުކިޔަމަންތެރިވެފައިވާތީ، ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އެ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 16 އޮގަސްޓް 2020 ގައި ހުށަހަޅުއްވާފައިވާކަމަށާއި އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ބާރުގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެ މައްސަލަ އިތުރަށް ކޮމިޓީން ކުރިއަށް ނުގެންދިއުމަށް ކޮމިޓީން ނިންމާފައިވާކަން މިނިވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެންގުމަށް ނިންމެވިއެވެ. 4. މިނިސްޓްރީ އޮފް ހެލްތްއިން ކޮވިޑް އާ ގުޅިގެން ހިންގާފާއިވާ ބައެއް މުޢާމަލާތްތަކުގައި ފާހަގަކުރެވޭ މައްސަލަތަކެއް ހިމެނޭކަމަށް ބަޔާންކޮށް ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިން ލިބިދޭ ރައްކާތެރިކަމުގެ ދަށުން އާންމު ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ މައްސަލަ؛ މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނިފައިވާތީ، އެ ކަންކަން ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ. އަދި މި މައްސަލައިގައި މުވައްޒަފުންނާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަންކަން މިނިސްޓްރީ އޮފް ހެލްތް އިން ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

20 ނޮވެމްބަރު 2020

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

4 އޮކްޓޯބަރު 2020

އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީ-ޢާންމު ކޮމިޓީ ސިޓީ 04 އޮކްޓޫބަރު 2020

ކޮމެޓީ މަސައްކަތް ނިމިފައި

1 ސެޕްޓެމްބަރު 2020

ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އާންމު ފަރާތަކުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

22 ޖޫން 2019

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA