ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

10 ނޮވެމްބަރު 2020 11:00 ނަންބަރު 25

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން 22 އޮކްޓޫބަރު 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، އަލްފާޟިލް އަޙްމަދު ނަސީމް ހ.ހިކިފިނިފެންމާގެ/ކ.މާލެ، އަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލައާއި މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ، އަލްފާޟިލް އަޙްމަދު ނަސީމް ހ.ހިކިފިނިފެންމާގެ/ކ.މާލެ، މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރެއްވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ 10/8 އަޣުލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްވެފައެވެ. ދެން ކުރިއަށް ގެންދެވީ، ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން، 2015 ވަނަ އަހަރު ހއ. ދިއްދޫ ކައުންސިލް އިދާރާއިން އިޢުލާންކޮށް، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 2017 ވަނަ އަހަރު ދޫކުރި 140 ހައުސިންގ ޔުނިޓް ދޫކޮށްފައިވަނީ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ދެވިފައިވާ ޕޮއިންޓްތަކަށް ބެލުމެއް ނެތިކަމަށް ބުނާ މައްސަލައެވެ. މި މައްސަލައާއި ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އިން މައުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

28 އޮކްޓޯބަރު 2020

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް އަލްފާޟިލް އަޙްމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ރިޕޯޓް ހުށައެޅިފައި

22 ޖޫން 2019

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA