ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2020 11:10

ނަންބަރު

77

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 77 ވަނަ ބައްދަލުވުން

ޚުލާސާ

1.އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމަށް އެދި ކޮމިޓީގެ މެންބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުން. މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ހުޅުވާލުމުން، ކޮމިޓީގެ ގިނަ މެންބަރުންނަށް އެއްބަސްވެވަޑައިގެންނެވުނީ އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް. އެހެންކަމުން މިގޮތަށް ހުށަހެޅުމެއް ހުށެހެޅެނެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް: އެންޓި-ކޮރަޕްޝަންގެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް އެ ބޭފުޅުންނަށް ކޮމިޝަންގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދަތިވާ ކަންތައްތަކާބެހޭ ގޮތުން ސުވާލުކޮށް މަޢުލޫމާތު ސާފުކުރުމަށް. މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ތާއިދު ކުރެއްވި. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. އެއަށް ފަހު ދެން ކުރިއަށް ގެންދެވުނީ 2. މިނިވަން މުއައްސަސާތަކުގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއިން ދިރާސާކުރުމުގައި އަމަލުކުރާނެ އުސޫލާ ގުޅޭގޮތުން މަޝްވަރާކުރެވުނެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA