ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2020 11:20

ނަންބަރު

79

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 79 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާޚު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމާނެ ސުންގަޑި ހަމަވެފައިވާތީ ސުންގަޑި އިތުރު ކުރުމެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ތާއިދު ކުރެއްވީ ހުށަހެޅުމުގައި ވަނީ ނޮވެމްބަރި 19 ، 2020 އަށް ސުންގަޑި އިތުރުކުރުމަށެވެ. މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. އެއަށްފަހު ކޮމިޓީން މަޝަވަރާކޮށް ނިންމެވީ މި ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ މިނިވަން މުއްއްސަސާތަކަށް ޒިޔާރަތް ކުރުމާ ގުޅޭގޮތުންނެވެ. އެ ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ހަފްތާއަކުވެސް އާދީއްތަ އަދި ބުރާސްފަތީ ދުވަހު ކަމުގައި ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA