ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

19 ޖޫން 2019 11:20

ނަންބަރު

5

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2019 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު" ގެ ސުންގަޑި ކަނޑައެޅުމެވެ. ދެވަނަ ކަމަކަމަށް މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރައްވާނެ ގޮތާ ބެހޭގޮތުންނެވެ. މިގޮތުން އިންޓަވިއު ކުރުމަށް ކޮމިޓީން ބޭނުންކޮށްފައިވާ މާރކްސް ދިނުމުގެ މިންގަނޑު ކޮމިޓީގެ މެންބަރުންނާ ހިއްސާކޮށް އިތުރަށް މިންގަނޑަށް ގެންނަން ބޭނުންވާ އިސްލާހެއް ވާނަމަ އެ އިސްލާހު ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން އެ މިންގަނޑުގައި "ތަޢުލީމާއި ފެންވަރު" މި ބައިގައި ކުރިން ދީފައިވާ ރޭންޖްތަކަށް އިސްލާޙު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ތާއިދު ކުރެއްވި ހުށަހެޅުމުގައި ވަނީ : ޑިގްރީ އަށް 10-19 ގެ ބަދަލުގައި %15-10 ، މާސްޓަރސް އަށް %27-20 ގެ ބަދަލުގައި 15-20% ، ޕީ.އެޗް.ޑީ އަށް %28 ގެ ބަދަލުގައި 20-25% ތަޢުލީމާއި ތަމްރީން ތަޢުލީމާއި މަޤާމުގެ މަސައްކަތާ ހުރި ގުޅުން ތަޢުލީމީ ފެންވަރު 5% 30% ޑިގްރީ މާސްޓާރސް ޕީ.އެޗް.ޑީ އެހެނިހެން ފަންނީ ތަމްރީނު 10-15% 15-20% 20-25% 5% ދެވަނަ އިސްލާހެއްގެ ގޮތުން ހުށްހެޅުނީ: 1. "މުވައްޒަފުންގެ ހައްޤު" ގެ ބަދަލުގައި "ރައްޔިތުންގެ ޙައްޤުތަކާ މެދު ދެކޭގޮތް" 2. ނަތީޖާނެރުން އަދި އުފެއްދުންތެރިކަން މިބައިގެ %10 ގެ ބަދަލުގައި %5 3. ނަޒާޙާތްތެރިކަން %10 ގެ ބަދަލުގައި %15 ނަޒާޙަތްތެރިކަން އިންޓަރވިއު ޕާސަނަލިޓީ ތަޞައްވުރު 15% 5% 20% ހާލަތެއް ވަޒަންކުރުމުގައި ރަނގަޅުގޮތް ނިންމުމުގެ ޤާބިލިއްޔަތު ރައްޔިތުންގެ ޙައްޤުތަކާ މެދު ދެކޭގޮތް ނަތީޖާނެރުން އަދި އުފެއްދުންތެރިކަން 5% 10% 5% މި 2 އިސްލާހަށް ވޯޓަށް އެއްސެވުމުން ކޮމީޓީގައި އެ ވަގުތު ހާޟިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި 2 ހުށަހެޅުން ފާސްވިއެވެ. (11/10 ވޯޓު)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA