ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

23 ޖޫން 2019 13:15

ނަންބަރު

8

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2019 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މިނިވަންމުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލު އެ ކޮމިޓީގެ ސަބްކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު މައިކޮމިޓީއަށް އެ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމެވެ. މިގޮތުން އެ ބިލުގެ ރިޕޯޓު ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވީ ސަބްކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އެވެ. އެއަށްފަހު ކޮމިޓީން ހުޅުވާލެވުނީ ކޮމިޓީގެ މެންބަރުން މިބިލަށް އިތުރަށް އިސްލާޚު ގެންނަން ބޭނުންފުޅުވާނަމަ އެ އިސްލާޚެއް ހުށަހަޅުމަށެވެ. އެހެންނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެއްވެސް މެންބަރަކު އެ ބިލަށް އިތުރަށް އިސްލާޚު ގެނައުމަށް ހުށަހަޅާފައި ނުވާތީ މުޅިބިލު ، ސަބްކޮމިޓީން އިސްލާޚު ކުރައްވާފައިވާގޮތަށް ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ. (7/6 ވޯޓު) އެއަށްފަހު އެޖެންޑާގެ 2 ވަނަ ނަންބަރު ، ނޭޝަނަލް އިސްޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށްޓަކައި އެ ފަރާތްތަކާ އިންޓަވިއުކުރައްވާނެ ގަޑިތަށް ކަނޑައޅުމެވެ. މިގޮތުން 24 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު 9:30 ން ފެށިގެން 15 މިނެޓް ގެ ވަގުތުކޮޅެއް ކޮންމެ މީހަކަށް ހޭދަކުރާގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާއިދު ކޮށްފައިވާ މި ހުށަހޅުން ކޮމިޓިގެ އިއްތިފާގުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA