ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

26 މޭ 2021 10:40

ނަންބަރު

17

2021 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރު ކޮމިޓީން ދިރާސާކުރައްވާފައިވެއެވެ. އެގޮތުން، އެ ޤަރާރަށް ތާއީދުކުރައްވައި، އެ ޤަރާރު އޮތްގޮތަށް ފާސްކުރެއްވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހެޅުއްވިއެވެ. އަދި އެ ހުށަހެޅުއްވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ތާއީދުކުރެއްވިއެވެ. އެހެންނަމަވެސް، ވޯޓިންގ ކޯރަމް ހަމަވެފައިނުވާތީ، ދެން އޮން ބައްދަލުވުމެއްގައި އެ ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމަށް ނިންމަވައި، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA