ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

7 ޖޫން 2021 11:05

ނަންބަރު

18

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އަދި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާ ކުރެއްވިއެވެ. އަދި ކޮންވެންޝަންތަކުގައި ބައިވެރިވެޑައިގަތުމަށް ރުހުންދެއްވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ތާޢިދު ކުރައްވައި، ކޮމިޓީގެ އަޤްލަބިއްޔަތުން ފާސްވެފައިވެއެވެ. އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ވިލިގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރާމެދު މަޝްވަރާ ކުރެއްވައި، ހުށަހަޅުއްވާފައިވާގޮތަށް ޤަރާރު ފާސްކުރެއްވުމަށް ކޮމިޓީގެ އިއްތިފާގުން ފާސްވެފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، "އިސްލާމިކް ކޯޕަރޭޝަން ފޮރ ދި އިންޝުއަރެންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައި.ސީ.އައި.އީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާމެދު އިތުރަށް މަޝްވަރާކުރެއްވުމަށާއި، މިނިސްޓްރ އޮފް ފިނޭންސް އާ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA