ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

18 މޭ 2021 13:10

ނަންބަރު

27

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މަސައްކަތެވެ. އެގޮތުން، މި މަޤާމަށް ކުރިމަތި ލައްވާފައިވާ ތިން ފަރާތާ ކޮމިޓީން އިންޓަވިއު ކުރެއްވިއެވެ. މި ތިން ފަރާތަކީ: 1- އަލްއުސްތާޛު ޝިހާމް މުޙައްމަދު ވަޙީދު؛ 2- އަލްއުސްތާޛު އަޙްމަދު އާޙިދު ރަޝީދު؛ އަދި 3- އަލްފާޟިލާ މަރިޔަމް އަލީމް. މި ތިން ފަރާތާ އިންޓަވިއު ކުރުމަށްފަހު ކޮންމެ ފަރާތަކަށްވެސް ވަކިވަކިން ކޮމިޓީގައިވަނީ ވޯޓަށް އަހާފައެވެ. އެގޮތުން އަލްއުސްތާޛު ޝިހާމް މުޙައްމަދު ވަޙީދު އަދި އަލްއުސްތާޛު އާޙިދު ރަޝީދުގެ ނަން ތަޅުމަށް ފޮނުވުމަށް ލިބިވަޑައިގެންނެވީ 7 ވޯޓެވެ. އަދި މަރިޔަމް އަލީމް އަށް ލިބި ވަޑައިގެންނެވީ 5 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީގެ 3/2 ވޯޓު މިއިން އެއްވެސް ފާރަތަކަށް ލިބިފައިނުވާތީ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ފަރާތެއްގެ ނަން ކޮމިޓީން ފާސްކުރެވިފައެއް ނުވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA