ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

24 މޭ 2021 11:10

ނަންބަރު

29

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ލޯކަލް ގޮވަމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަނުކުރާ ކައުންސިލަރުން އިންތިޚާބުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރުމެވެ. އެގޮތުން، ކޮވިޑް19 އިގެ މިހާރުގެ ހާލަތު ހުރިގޮތުން މި އިންތިޚާ ބޭއްވުމަށް ހުރިރި ދަތިތައް އެ ކޮމިޝަނުން ކޮމިޓީއާ ޙިއްސާކުރެއްވިއެވެ. ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އިންތިޚާބުގައި ކޮންމެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ކޮމިޓީންވަނީ އެ ކޮމިޝަނަށް ލަފާދެއްވާފައެވެ. އެއަށްފަހު ކުރިއަށްގެންދެވީ އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީތަކާމެދު ގޮތެއް ނިންމުމެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު 8 މެއި 2021 ގައި ދަންޖެހި މަރުވި އަޙްމަދު ފިރާޤް/ ޝާޙިލް، ށ.ގޮއިދޫ ގެ މަރާގުޅޭ މައުލޫމާތު ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިއްސާކުރުމަށް އުޒުރުވެރި ވަމުންދާތީ އެކަމާގުޅޭ މައުލޫމާތު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިވެގެން ލިބޭނޭގޮތް މަގުފަހި ކޮށްދިނުމަށްއެދި ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ސިޓީގައިވާ މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިފައިނުވާތި އެ ސިޓީ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަށް ރައީސަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA