ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

19 މޭ 2021 12:00

ނަންބަރު

26

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ދިވެހިރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އެ އެސޯސިއޭޝަން އިން އެދިވަޑައިގެންފައިވާތީ، އެ ބޭފުޅުންނާއި ބައްދަލުކުރުމެވެ. މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: -ދިވެހިރާއްޖެއިން އައި.އެޗް.އޯ (އިންޓަނޭޝަނަލް ހައިޑްރޮގްރެފިކް އޮގަނައިޒޭޝަން) ގެ މެންބަރަކަށް ވުމުން ރާއްޖެއަށާއި ރާއްޖޭގެ މެރިން ދާއިރާއަށް ހުރި ފައިދާތަކަކީ ދައުލަތުގެ އިންކަމް އިތުރުވެ، މެރިން ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވީހާވެސް ބޮޑަކަށް މެޕްކުރެވި، ޗާޓް ކުރެވިގެން ދިއުން. -ސުޕަރ ޔޮޓް ރާއްޖެ އައުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ، ކްރޫ ޖޭންޖު ކުރުމަށް ހުރި ދަތިތަކާއި، ޕައިލޮޓް ފީ އާއި އެމް.ޕީ.އެލްގެ ޓެރިފް ރޭޓް ބޮޑުވުން އަދި ކުރޫއިންގެ ވިސާ އެކްސްޓެޑް ކުރެވޭނެ ގޮތެއް ނެތުން. -ޕޯޓުން ބޭރުގެ ސަރަހައްދުގައި ދޭ ޚިދުމަތްތަކަށް ހެދިފައިވާ ގަވާއިދުގައި ސީ މާޝަލްސް އެންބާކޮށް ޑިސެންބަރކް ކުރެވޭއިރު ކުރޫއިން އަރުވާ ބާލަން ހުއްދައެއްނުކުރާކަމަށް. ނަމަވެސް އެ ގަވާއިދަށް ކުޑަ އިޞްލާހެއް ގެނެވިއްޖެނަމަ ކްރޫ ޗޭންޖް ކުރުމުގެ ޚިދުމަތް ދެވޭނެކަމަށް. -ވެސެލްތަކަށް ކްރޫޒިންގ ޗާޓަރއެއް ނޫނީ ހާބަރ ޕަރމިޓްއެއް ނެގުމުމުގައި ގިނަ ދަތިތަކެއް ހުރިކަމަށް. -ޓޫރިސްޓު ވެސަލްތަކުގައި އަންނަ މީހުން ބޭލުމަށް ވަކި ސަރަޙައްދެއް މިހާތަނަށް ޤާއިމްކުރެވިފައި ނެތުން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2021 - އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ-4 އޭޕްރީލް 2021
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA