ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

14 ޖޫން 2021 14:00

ނަންބަރު

19

2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑޮކްޓަރ ޢާޞިމް އަޙްމަދު، ގ.ފަރުކަނި، ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި، އެ ބޭފުޅާއަށް ރުހުން ދިނުމަށް ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކުރައްވާފައެވެ. ިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، "އިސްލާމިކް ކޯޕަރޭޝަން ފޮރ ދި އިންޝުއަރެންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައި.ސީ.އައި.އީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ އަންނަނިވި ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އަދި މި މައްސަލަ ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފިނޭންސް 1. އިބްރާހީމް އަމީރު މިނިސްޓަރ 2. އަޝްރަފް ރަޝީދު ސީނިއަރ ލީގަލް ކައުންސެލް 3. އަޙްމަދު ސަރުވަޝް އާދަމް ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް 4. މަރިޔަމް ޢަބްދުއްނާސިރު ޗީފް ޑެބްޓް މެނޭޖްމަންޓް އެގްޒެކެޓިވް 5. މުޙައްމަދު ޔައްމާއި ޗީފް ރިސޯރސް މޯބަލައިޒޭޝަން އެގްޒެކެޓިވް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA