ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

15 ޖޫން 2021 11:00

ނަންބަރު

35

2021 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް، ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުން ވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާތީ، އެކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމެވެ. އެގޮތުން ސަބް ކޮމިޓީއަށް ޤަރާރު ފޮނުވުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދުކުރެއްވުމުން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކުރެއްވުމެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ވެށިފަހު މާލެ ޕްރޮގްރާމްގެ ދަށުން މާލޭގެ ގާކޮށި އަދި ވޭސައިޑުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ބޭންކުތަކުން ކޮމާޝަލް އިންޓްރެސްޓް ރޭޓުގައި ލޯނު ނަގަން ޖެހުނު ފަރާތްތަކަށް ލުއިގޮތެއް ހަޖަމައްސައިދިނުމާ ގުޅޭގޮތުން، މަރިޔަމް ފިޒާނާ ރަޝީދު، މ.ޒޭވަރު، މާލެ، ހުށަހަޅުއްވާފައިވާ މައްސަލައެއް ދިރާސާ ކުރެއްވުމެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުއްވުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA