ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 މޭ 2021 14:00

ނަންބަރު

28

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި، ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ނުކުތާތައް: - އިމިގްރޭޝަންގެ މެންޑޭޓަށް އައި ބަދަލުތަކާއި ގުޅިގެން ސިސްޓަމްތައް އެންހޭންސް ކުރުމަށް މައްސަލަތަކެއް ދިމާވިކަމަށް. - ބިދޭސީ މަސައްކަތްތެރިން ގެ ކޯޓާ ކެންސަލްކުރުމުގައި ދަތިތަކެއް ކުރިމަތިވީ، އެ ސިސްޓަމްގައި ހުރި އުނިކަމަކުން ކަމަށާއި، ނަމަވެސް ސިސްޓަމް އެންހޭންސްމަންޓަކާއެކު، އިމިގްރޭޝަންގެ ދަށުން ހުރި ހުރިހާ ސިސްޓަމްތަކެއް އޮންލައިން ކުރެވި، މިހާރު ކޯޓާއެއްގައި ގެނެސްފައިވާ ފަރާތެއް ފުރާ ހިސާބުން އޮޓަމެޓިކަލީ ކޯޓާ ކެންސަލް ވާނެކަމަށް. - އެކި ފަރާތަށް ފުރުވާލުމުގައި ދަތިތައް ކުރިމަތިވަމުންދަނީ ވިސާ ނުޖަހާ ފުރުމަށް އެއަރޕޯޓަށް ދާތީކަމަށާއި، އިމަޖެންސީ ހާލަތްތަކުގައި ނޫނީ ވިސާ ޖަހައިގެން ފުރުމަށް ބާރުއަޅުއްވާކަމަށް. - އޮންލައިންކޮށް ޕާސްޕޯޓަށް އެޕްލައިކުރެވޭނެ ކަމަށާއި، އިމަޖެންސީ ހާލަތްތަކުގައި ޓިކެޓާއި ވިސާ ޕްރޮސެސް ކުރަން ޖެހިއްޖެ ހާލަތުގައި ޕާސްޕޯޓް މެއިލް ކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ. - ޕާސްޕޯޓަކީ އިލްކްޓްރޯނިކް އެއްޗަކަށްވެފައި ފިންގަޕްރިންޓާއި އެކު ނޫނީ ދޫކުރެވެން ނީންނަކަމަށް. އެހެންކަމުން އިމިގްރޭޝަން ގެ އޮފީހެއް ޤާއިމްކުރެވިފައިވާ ރަށްރަށުން ޕާސްޕޯޓް ދޫކުރަމުން ދާނެކަމަށް. - އިމިގްރޭޝަން ގެ ހިދުމަތްތަށް ލާމަރުކަޒީ ކުރުމަށް ޕްލޭންތަކެއް ހެދިފައިވީ ނަމަވެސް ބަޖެޓްގެ ދަތިކަން ހުރުމުގެ ސަބަބުން އެ ޕްލޭންތައް ކެންސަލް ކުރެވިފައިވާކަން. - މިހާރު ބޭނުންކުރަމުން ގެންދާ އެކްސްޕެކްޓް ސިސްޓަމްއަކީ އެން.ސީ.އައި.ޓީއިން ޑިވެލޮޕްކުރާ ސިސްޓަމް އެއްކަމުން އެ ސިސްޓަމް ޑިވެލޮޕްކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، އިމިގްރޭޝަން އަށް ރިސޯސް ޑިވެލޮޕްކުރާނެ ޓީމް އަކާއެކު އެކަމަށް ބަޖެޓް ލިބިއްޖެނަމަ އެއް އަހަރުތެރޭގައި ޒަމާނީ ފަހުގެ ފީޗާރސްތައް ހިމެނޭ އަޕްގްރޭޑަޑް ސިސްޓަމް އެއް ޤާއިމްކުރެވިގެންދާނެކަމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA