ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

31 މޭ 2021 14:00

ނަންބަރު

30

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ 2019 އަދި 2020 ވަނަ އަހަރު ސަރުކާރުން ޖޫރިމަނާ މާފުކޮށްދީފައިވާ ފަރާތްތަކާއި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލައެވެ. އެގޮތުން، ސާފުކުރުމަށް އެދިފައިވާ މައުލޫމާތު ލިބިފައިވާތީ، އެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓް އެކުލަވާލުމަށް ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވި، ކޮވިޑް-19 ގެ ލޮކްޑައުންތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށުގައި މަސައްކަތްކުރަމުންދިޔަ ދިވެހި މުވައްޒަފުން ވަޒީފާ ގެއްލިފައިވާ މައްސަލަ އެމްޕްލޮއިމަންޓް ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށާއި، އެ ރިސޯޓުން ކްރިސްމަސް ނިއުއިޔަރ އަށް 200 ބިދޭސީން ރިކްރޫޓްކޮށްފައިވާކަމަށް ބަޔާންކޮށް އެ މައްސަލަ ޙައްލުކޮށްދިނުމަށްއެދި ފޮނުއްވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލައިގައިވެސް ލިބިފައިވާ މައުލޫމާތަށް ބަލައި އެފަރާތަށް ޖަވާބު އެރުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA