ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

14 އޭޕްރީލު 2021 12:50

ނަންބަރު

1

2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ، ލީގަލް އެފެއަރޒް އަލްއުސްތާޛާ އަފްޒާލް ޢަބްދުއްސައްތާރު އެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ތާއީދުކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 12 މެންބަރުންގެ އިއްތިފާޤުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ތާއީދުކުރެއްވި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 12 މެންބަރުންގެ އިއްތިފާޤުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ކޮމިޓީގެ ވަރކިންގ ކޯރަމް އަދި ވޯޓިންގ ކޯރަމް ކަނަޑައެޅުއްވުމަށް ހުޅުވާލި ފުރުސަތުގައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ތާއީދު ކުރައްވާފައިވަނީ ވަރކިންގ ކޯރަމްގެ ގޮތުގައި ކޮމިޓީގެ 1/3 (7 މެންބަރުން) އަދި ވޯޓިންގ ކޯރަމްގެ ގޮތުގައި ކޮމިޓީގެ ½ (10 މެންބަރުން) ހަމަޖެއްސެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 11 މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ. މީގެ އިތުރުން ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ބިލާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި މި ބިލާ ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ޙަވާލުކުރާ ބާރުތަކުގެ ޚުލާސާއެއް ކޮމިޓީގެ ސެކްރެޓޭރިއެޓުން ތައްޔާރުކުރުމަށް ދެންނެވުނެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA