ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2021 11:00

ނަންބަރު

2

2021 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވާލުމުގެ ބިލާއި، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވަވައި ދިއްގަރު ދާއިރާގެ މެންބަރު ތާއީދު ކުރައްވާފައިވަނީ 30 ޖޫން 2021 އެވެ. އަދި މި ހުށަހެޅުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މީގެ އިތުރުން ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި އެ ބިލުތަކާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި، އެޓާރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ބައްދަލުކުރެއްވުމަށާއި އެ ބިލުތަކާ ގުޅޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯއްދެވުމަށް ނިންމެވިއެވެ. އަދި އެ ބިލުތަކާ ގުޅޭގޮތުން ޢާންމުންގެ ލަފާ ހޯއްދެވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA