ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

23 ޖޫން 2021 21:07

ނަންބަރު

30

ޖުޑީޝިއަރީ ކޮމިޓީގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި މިއަދަށް ހަމަވާތީ، ބިލުގެ ސުންގަޑި މިއަދުގެ ނިޔަލަށް ހަމަވާތީ، ބިލު ނިންމާނެ ސުންގަޑިއަކާ ގުޅޭގޮތުންނާއި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ހުށަހެޅުމެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ. ފުރަތަމަ ހުށަހެޅުމަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ތާއީދު ކުރައްވާފައިވާ ހުށަހެޅުން، އެއީ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަމުގައި 1 ޖުލައި 2021 ހަމަޖެއްސުމެވެ. މިގޮތަށް ވޯޓަށް އެއްސެވުމުން 7 މެންބަރުންގެ އަޣްލަބިއްޔަތުން ބިލުގެ ސުންގަޑި ނިންމެވިއެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ތާއީދުކުރައްވާފައިވަނީ ބިލު އޮތްގޮތަށް ފާސްކުރުމަށް ނުފެންނަކަމަށް ފާސްކުރުމާއި، ބިލު ކޮމިޓީން ބޭރުކޮށްލުމަށެވެ. މިގޮތަށް ވޯޓަށް އެއްސެވުމުން މި ހުށަހެޅުން ފާހެއްނުވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA