ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

17 ޖޫން 2021 13:30

ނަންބަރު

12

ސަބް-ކޮމިޓީގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ، ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަކަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާކަމަށް ފާހަގަކުރައްވައި، އެކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ޤަރާރުގެ ސުންގަޑީގެ ގޮތުގައި 30 ޖޫން 2021 ކަނޑައެޅުއްވިއެވެ. އެއަށްފަހު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްޙަކީމް ހުށަހެޅުއްވީ ޤަރާރު ދިރާސާކުރައްވަން ފެށުމުގެ ކުރިން، ޤާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އެކުލަވާލައި ނިންމާފައިވޭތޯއާއި، އެ ގަވާއިދުތައް އެކުލަވާލާފައިވާނަމަ މިހާތަނަށް ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދުތަކަކީ ކޮބައިކަމާއި، އެ ގަވާއިދުތައް ގެޒެޓުކުރެވިފައިވާ ތާރީޚުތައް އެ އޮތޯރިޓީން ސާފުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތައީދުކުރައްވަވައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
15 ފެބްރުއަރީ 2021 - މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA