ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2019 09:30

ނަންބަރު

54

މާލިއްޔަތު ކޮމިޓީގެ 54 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލާ ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މިބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. އަދި ބިލުގެ ވަކިވަކި މާއްދާތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގެންނަވަން ފެނިވަޑައިގަންނަވާ އިޞްލާހުތަކާމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ކޮމިޓީގެ މެންބަރުންނާއެކު މަޝްވަރާކުރެއްވުމަށްފަހު، ބިލުގެ 2 ވަނަ މާއްދާގެ ނިޔަލަށް ބައްލަވާ، މަޝްވަރާކުރެއްވިއެވެ. މިއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއެކު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާ، އެ ބައްދަލުވުމުގައި މި ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތަށް ނިންމެވުމަށްފަހު، ކޮމިޓީގެ މި ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
8 އޮކްޓޯބަރު 2019 - ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA