އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

28 އޮކްޓޯބަރު 2019 12:30 ނަންބަރު 46

ޚުލާސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާ ގެ (ބ)ގެ 2 ވަނަ ނަންބަރުގައިވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމުގެ މައްސަލަ ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރައްވާފައިވަނީ މިމައްސަލަ 30 އޮކްޓޫބަރު 2019 ގައި ނިންމުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ (10 މެންބަރުންގެ) ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ. ދެން، ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ 3 ޤަރާރުގެ ސުންގަޑިއެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވާފައިވަނީ، "ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު"، އާއި "ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު" އަދި "އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު" ގެ މަސައްކަތް އެންމެ ލަސްވެގެން 3 މަސްދުވަހުގެ (31 ޖެނުއަރީ 2020) ތެރޭގައި ކޮމިޓީން ނިންމުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ (10 މެންބަރުންގެ) ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޮކްޓޯބަރު 2019

މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

23 އޮކްޓޯބަރު 2019

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު

ރިޕޯޓް ހުށައެޅިފައި

22 އޮކްޓޯބަރު 2019

ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު

ރިޕޯޓް ހުށައެޅިފައި

21 އޮކްޓޯބަރު 2019

ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA