ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2021 10:30

ނަންބަރު

6

2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޓީން އެކުލާވާލަންޖެހޭ ބްރޯޑްކާސްޓް ކުރުމުގެ އުޞޫލު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މީޑިއާ ޑިރެކްޓަރ ޙަސަން ޒިޔާޢު ކޮމިޓީއަށް ހާޒިރުކުރެވުނެވެ. މި އުޞޫލުގައި ހިމަނާނެ ބައިތަކާމެދު ކޮމިޓީގައި މަޝްވަރާކޮށް، އުޞޫލު އެކުލަވާލުން މީޑިއާ ސެކްޝަނާ ހަވާލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީއެއަށްފަހު ކުރިޔަށްގެންދެވީ،2013 /5 “ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު" ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފއިވާ ބޭފުޅުންނަށް ލިބިދެވޭ ޢިނާޔަތްތަކާ ގުޅޭގޮތުން ލަފާފުޅަކަށްއެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމެވެ. މި މައްސަލައިގައި ޝާމިލްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނަންގަވަނީ ޕެންޝަން ފައިސާތޯ ނުވަތަ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދެއްވާ ޢިނާޔަތްތޯ ސާފުކުރެއްވުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ކައުންސެލް ޖެނެރަލްގެ ލަފާ މި މައްސަލައާ ގުޅިގެން ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިޔަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ކޯޓު އެލަވަންސް ދިނުމުގެ މިންގަނޑަށް ބަދަލު ގެނައުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމވެ. މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު އެ މިންގަނޑަށް ބަދަލު ގެނައުމަށް ނުފެންނަކަމަށް ކޮމިޓީގެ ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA