އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 47 ވަނަ ބައްދަލުވުން

30 އޮކްޓޯބަރު 2019 09:30 ނަންބަރު 47

ޚުލާސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް، އެ މަޤާމުގެ ޝަރުޠު ފުރިހަމަވޭތޯ ބެއްލެވުމަށްޓަކައި، އިޤްތިޞާދީ ކޮމިޓީގެ އެދިވަޑައިގަތުގެމަތިން، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މަޢުލޫމާތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅާއެކު ފޮނުއްވާފައިވާ މަޢުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ހުރިހާ ފަރާތްތަކެއްގައިވެސް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް ކޮމިޓީން އެކުލަވާލައްވާފައިވާ ޕެނަލުން ނިންމައި، ކޮމިޓީއަށް ލިޔުމުން ހުށަހެޅުމުން، އެ ފަރާތްތަކާ އިންޓަރވިއުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާ ގެ (ބ)ގެ 2 ވަނަ ނަންބަރުގައިވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މިއަދުގެ ބައްދަލުވުމުގައި މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޛް މަޚްޒޫމް ސަލީމްއާ އިންޓަރވިއު ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޮކްޓޯބަރު 2019

މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA