އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުން

30 އޮކްޓޯބަރު 2019 11:30 ނަންބަރު 48

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާ ގެ (ބ)ގެ 2 ވަނަ ނަންބަރުގައިވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މިއަދުގެ ބައްދަލުވުމުގައި މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލްފާޟިލް އިސްމާޢިލް ސާޖިދުއާ އިންޓަރވިއު ކުރެއްވިއެވެ. އިންޓަރވިއުކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުއްވާނެ ފަރާތްތައް ކަނޑައެޅުއްވުމަށްޓަކައި އެއިން ކޮންމެ ފަރާތަކަށް ވަކިވަކިން ވޯޓަށް އެއްސެވިއެވެ. މިގޮތުން ތިރީގައިވާ ފަރާތްތަކަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް އަލްއުސްތާޛު މަޚްޒޫމް ސަލީމް، ޝަބްނަމްގެ / ކ.ކާށިދޫ އަދި އަލްފާޟިލް އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި / މާލެ ފެނިވަޑައިގަންނަވާކަމަށް 10 މެންބަރުންގެ ވޯޓުން ފާސްވުމާ ގުޅިގެން ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޮކްޓޯބަރު 2019

މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA