ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

2 ޖުލައި 2021 14:30

ނަންބަރު

43

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވިއެވެ. އެގޮތުން، ޑްރާފްޓްކުރުމަށް ނިންމަވާފައިވާ 12 ވަނަ މާއްދާ ފާސްކުރައްވައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބިލަށް ހުށަހަޅުއްވާފައިވާ ކޮމެންޓްސްތަކަށް ރިޢާއަތްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާއާއި އެކު ބިލަށް 3 މާއްދާއެއް އިތުރުކުރެއްވުމަށްފަހު، ބިލުގެ މަސައްކަތް ކޮމިޓީން ނިންމަވައި މަޖިލީހަށް ރިފޯޓްފޮނުވުމަށް ނިންމެވިއެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުން ބައިވެރިވެވަޑައިގެން ބިލާއި ގުޅޭގޮތުން މެންބަރުން ގެ ސުވާލުތަކަށް ޖަވާބު އެރުއްވިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ؛ # ނަން މަޤާމް 1 އަލްފާޟިލް އިބްރާހީމް އަމީރު މިނިސްޓަރ 2 އަލްފާޟިލް އަޙުމަދު ސަރުވަޝް އާދަމް ޗީފް ފައިނޭންޝަލް ބަޖެޓް އޮފިސަރ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA