ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 ޖުލައި 2021 12:00

ނަންބަރު

44

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 44 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ބިދޭސީން މަސައްކަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެ ގެނައުމަށާއި، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއިން ފުރައިގެންދިއުމަށާއި، ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަމަށާއި، ކުރިން އެ މަސައްކަތްތައް ކުރަމުން އައި ސޮފްޓްވެއަރ ބަދަލުކުރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ މައްސަލައާއި އެކްސްޕެޓް ސިސްޓަމްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އުސޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ކަމާގުޅޭ ކުންފުނިތަކުން ދިމަވާ ދަތިތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ހިއްސާކުރައްވާފައިވާތީ، އެކަން ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލައާއި ގުޅިގެން މަޝްވަރާކުރުމަށްފަހު، މި މައްސަލަ އަށް އަދިވެސް އެދެވޭ ޙައްލެއް ލިބިފައި ނުވި ނަމަވެސް، ފާހަގަކުރެވޭ މައްސަލަތައް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ޙައްލުކުރުމަށް ރިކަމެންޑޭޝަން ހިމެނުމަށްފަހު، މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލު ގެ ސުންގަޑި 30 ޖޫން 2021 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 ސެޕްޓެމްބަރު 2021 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA