ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

1 މާރިޗު 2021 14:00

ނަންބަރު

11

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެ ފަރާތްތަކަށް ދޭނެ ޖަވާބުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނުނެވެ. އިލެކްޝަންސް ކޮމިޝަން އިން ބައްދަލުވުމަކަށް އެދިވަޑައިގެންފައިވާތީ، އެ ބައްދަލުވުން ބާއްވާނެ ދުވަހަކާއި ގަޑިއަކާ މެދު މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުގައި އާއެކު ބައްދަލުވުމެއް ބޭއްވުމަށް އެ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދުގެ މައްޗަށް އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި އެ މަޤާމުން އޭނާ ވަކިކުރައްވާފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯގެ އިސް މަޤާމަކަށް އޭނާ ޢައްޔަނުކުރައްވާފައިވާ ގޮތާގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. ދިވެހިރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤުކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތާ ގުޅިގެން އެ ކޮމިޝަނުން ކުރަމުންދާ ތަޙްޤީޤު ނިންމަން ލަސްވާ ސަބަބާއި އަދި ކޮރަޕްޝަން ހުއްޓުވުމަށްޓައި އެ ކޮމިޝަނުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާޢީދުކުރެއްވިއެވެ. އާ ދައުރަކަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުވުމާ ގުޅިގެން، އެ މެންބަރުން މިކޮމިޓީއަށް ތަޢާރަފުވެ ވަޑައިގަތުމަށާއި، ކޮމިޝަން ހިންގެވުމަށް ރާއްވަވާފައިވާ ގޮތާއި އަދި ކައުންސިލު ހިންގެވުމުގައި ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަވާނަމަ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ކައުންސިލްއާއެކު ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިންގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާއީދުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA