ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

30 އޮކްޓޯބަރު 2019 11:00

ނަންބަރު

56

މާލިއްޔަތު ކޮމިޓީގެ 56 ވަނަ ބައްދަލުވުން (ސިއްރު)

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން ބާޠިލްކުރުމުގެ ސަބަބުން ދައުލަތުން ބަދަލުގެ ގޮތުގައި އެފަރާތަށް ދައްކަންޖެހުނު ފައިސާ ދިނުމުގައި ކަންހިނގާފައިވާގޮތް ސާފުކުރެއްވުމުގެ މައްސަލައާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މި މައްސަލައިގައި މަޢުލޫމާތު ދެއްވުމަށް ސީނިއަރ ސްޓޭޓް ކައުންސެލް ފައިނާ ފައްޔާޟް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމިޓީގެ މި ބައްދަލުވުން ކުރިއަށް ގެންދެވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ފައިނާ ފައްޔާޟްއާ ކުރެއްވި ސުވާލުތަކަށް އެބޭފުޅާ ޖަވާބު ދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA