ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

8 މާރިޗު 2021 10:00

ނަންބަރު

13

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮތީ އިލެކްޝަންސް ކޮމިޝަން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ބައްދަލުކުރުމެވެ. މިގޮތުން ޤާނޫނު ނަންބަރު 2021/1 (ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ކަންކަން ކުރިއަށްގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެކުލަވާލައްވާފައިވާ އުސޫލުގައި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް ހުރުމާއެކު، އެ އުސޫލު އިތުރަށް އިސްލާހުކުރެވޭނެ ގޮތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
2 މާރިޗު 2021 - އިލެކްޝަންސް ކޮމިޝަން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއެކު ބައްދަލުކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA