ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

22 މާރިޗު 2021 11:10

ނަންބަރު

16

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން، ސިވިލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ، ސިވިލް ސަރވިސް އިދާރާތަކުގެ އޮނިގަޑުތައް މުރާޖާޢާކުރުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތް ގޮސްފައިވާ މިންވަރު އިނގޭނޭ ކަރުދާސް ދިރާސާކުރައްވާ، މިހާރު މުރަޖަޢާކޮށް ނިންމަވާފައިވާކަމަށް ބަޔާންކުރައްވާފައިވާ 30 އިދާރާގެ އެ އޮނިގަނޑުތައް ކޮމިޓީއިން ބައްލަވައިލެއްވުމަށް ފޮނުއްވައިދެއްވުމަށް އެކޮމިޝަނުގައި ދެންނެވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހެޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ތާޢީދުކުރެއްވިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައިގެން އޮންލައިން ނޫހެއް ރެޖިސްޓަރކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ބަލާ ދިނުމަށްއެދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާފައިވާ މައްސަލަ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް މައްސަލަ ހުށަހެޅުއްވި މެންބަރު ފާހަގަކުރައްވާފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA