ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

29 މާރިޗު 2021 11:00

ނަންބަރު

18

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ނިސްބަތްކޮށް މީޑިއާ އިން ސާބިތު ނުހިފޭ ވާހަކަ ފޮނުވަމުންދާކަން ފާހަގަކޮށް ފޮނުއްވާފައިވާ މެމޯ ދިރާސާކުރެވުނެވެ. މިގޮތުން މިކަމަކީ ސަލާމަތީ ޚިދުމަތްތަކާގުޅޭ މައްސަލައެއްކަމުން، ކޮމިޓީން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަށް މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކޮމިޓީގެ ފަރާތުން ފޮނުވާފައިވާ ސިޓީއާއި އޭގެ ޖަވާބާއެކު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މި މައްސަލަ ފޮނުވާލުމަށް ނިންމެވިއެވެ. އެއަށް ފަހު، މިއަދު ނޫހުގެ ފަރާތުން ކޮމިޓީއާއެކު ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މިކަމާ ގުޅޭގޮތުން ގިނަ މެންބަރުން ތިއްބަވާ ބައްދަލުވުމެއްގައި އިތުރަށް މަޝްވަރާކުރެއްވުމަށް މި ސިޓީ އެހަށް މަޑުޖައްސާލަން ނިންމެވިއެވެ. އެއަށް ފަހު، ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަތުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އިން ޢަމަލުކުރައްވާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށްކަމަށްބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން ހާޒިރުކުރުމަށާއި މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ތަހްގީގުތަކުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އާ ބައްދަލުކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާޢީދުކުރެއްވިއެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރެވުނެވެ. އަދި މި ބައްދަލުވުން 6 އޭޕްރިލް 2021 ގައި ބޭއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
29 މާރިޗު 2021 - ކޮމިޓީއަށް އައިސްފައިވާ މައްސަލަތަކާއި ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކުކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA