ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

30 މާރިޗު 2021 12:30

ނަންބަރު

19

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަތުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އިން ޢަމަލުކުރައްވާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށްކަމަށްބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަލުން ރިވިއު ކުރުމަށް ނިންމަވާފައިވާތީ، އެކަމާގުޅޭގޮތުން މައުލޫމާތު ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން 6 އޭޕްރިލް 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރުން މުހިއްމުނޫންކަމަށް ފެންނާތީ މިހާރަށް އެކަން މަޑުޖައްސާލުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ތާޢީދުކުރެއްވިއެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރެވުނެވެ. އެއަށްފަހު، މިނިވަން މުއައްސަސާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރާނެ ގޮތަކާގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
30 މާރިޗު 2021 - ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA