ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

9 ފެބްރުއަރީ 2021 10:00

ނަންބަރު

1

2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން ޕަބްލިކް ވަރކްސް އައްޑޫ ސިޓީ 2 ޔުނިޓްގެ ހުރިހާ މުވައްޒަފުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީންވެސް ދިރާސާކުރަމުންދާ މައްސަލައެއްކަމުގައިވާތީ، މި މައްސަލައާ ގުޅިގެން އެ ކޮމިޓީން ކޮށްފައިވާ މަސަކަތްތަކުގެ ތަފްޞީލް ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 ޖަނަވަރީ 2021 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނުގެ ދަށުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލެވިފައިނުވާކަމަށް ބަޔާންކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް ގެޒެޓްނުކުރެވިވާ މައްސަލައާ މެދު މަޝްވަރާކުރެއްވުމަށްފަހު، އެ ގަވާއިދު ގެޒެޓްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކުރައްވާފައިވާ "ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" އަށް ޢަމަލުކުރުމުގައި ދަތިތަކެއް ހުރިކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަންނަވާފައިވާތީއާއި، އެ ގަވާއިދު އެކުލަވާލާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާނުކޮށްކަމަށް ފާހަގަކުރެވޭތީ އެކަން ބައްލަވައިދެއްވުން އެދި އިޤްތިސާދީ ކޮމިޓީން ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ދެންނެވުނު ގަވާއިދު އުވާލައި، ޝިޕިންގ އޭޖެންސީ ޚިދުމަތް ދިނުމާބެހޭ ގަވާއިދަކާއި ފްރައިޓް ފޯރވަރޑިންގ ޚިދުމަތްދިނުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި ގެޒެޓްކުރެވިފައިވާތީ، މި މައްސަލަ މި ހިސާބުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA