ގަވާއިދު ކޮމިޓީ

2021 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

23 ފެބްރުއަރީ 2021 10:00 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާ ގުޅޭގޮތުން ހަދަންޖެހޭ ބިލުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކޮމިޓީތަކުގައި ހުރި ބިލުތަކުގެ މަސައްކަތް އަވަސްކޮށްދެއްވުން އެދި އެ ކޮމިޓީތަކަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާ ގުޅޭގޮތުން އެކުލަވާލަންޖެހެނީ 5 ބިލުކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބަޔާންކުރައްވާފައިވާތީ، އެ ބިލުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބިލުތައް ނިންމޭނެކަމަށް ލަފާކުރެވޭ ތާރީޚެއް ސާފުކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 ފެބްރުއަރީ 2021

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާ ގުޅޭގޮތުން ހަދަންޖެހޭ ބިލުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޝްވަރާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA