ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

9 މާރިޗު 2021 10:00

ނަންބަރު

3

2021 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ގަވާއިދު ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް ގެޒެޓްނުކުރެވިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވާ، މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ޝިފިންގ އޭޖެންސީއާބެހޭ ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީތަކުގެ އިތުރުން އެހެން ފީއެއް ނެގުން އެ ގަވާއިދުން މަނާކޮށްފައިވާއިރު، އެ ގަވާއިދާ ޚިލާފަށް ބޮޑެތި ފީތަކެއް ނަގަމުންދާކަމަށާއި ފްރެއިޓް ފޯރވަޑިންގގެ ޚިދުމަތް ދިނުމުގައި އުޅޭ ފަރާތްތަކުން ގަވާއިދަށް ހުރުމަތްތެރިކޮށްނުހިތާތީ، އެ މައްސަލަ ބެލުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާ، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެ ހުށަހެޅުއްވުން ފާސްވިއެވެ. އަދި އެކަމާ ގުޅޭގޮތުން މަޢުލޫތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA