ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

24 މާރިޗު 2021 10:00

ނަންބަރު

5

2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޝިފިންގ އޭޖެންސީއާބެހޭ ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީތަކުގެ އިތުރުން އެހެން ފީއެއް ނެގުން އެ ގަވާއިދުން މަނާކޮށްފައިވާއިރު، އެ ގަވާއިދާ ޚިލާފަށް ބޮޑެތި ފީތަކެއް ނަގަމުންދާކަމަށާއި ފްރެއިޓް ފޯރވަޑިންގގެ ޚިދުމަތް ދިނުމުގައި އުޅޭ ފަރާތްތަކުން ގަވާއިދަށް ހުރުމަތްތެރިކޮށްނުހިތާތީ، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ތިރީގައިވާ ހުށަހެޅުންތަކާއެކު ކޮމިޓީގެ ރިޕޯޓު ފާސްކުރެއްވުމަށް ނިންމެވިއެވެ. 1.1.ގަވާއިދު ނަންބަރު R-115/2020 (ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގ ޚިދުމަތްތައް) ތަންފީޒުކުރެވެމުން ނުދާކަމަށް ކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ފާހަގަކުރެވޭތީ، އެ ގަވާއިދު ތަންފީޒުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށާއި، ގަވާއިދު ތަންފީޒުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތަފްޞީލް މި ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދެންނެވުމަށް؛ އަދި 1.2.ގަވާއިދު ނަންބަރު R-115/2020 (ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގ ޚިދުމަތްތައް) އިން ފްރައިޓް ފޯވަރޑިންގ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ލާޒިމްކޮށްފައިވީނަމަވެސް، ގިނަ ފަރާތްތަކުން ރަޖިސްޓަރީ ކޮށްފައިނުވާކަން ފާހަގަކުރެވޭތީ، ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް ޝިޕިންގ އެޖެންސީތަކުން ޑެލިވަރީ އޯޑަރ ދޫނުކުރަން އެންގުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ދެންނެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA