ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

26 އޭޕްރީލު 2021 13:30

ނަންބަރު

9

2021 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން އިޞްލާޙުކުރުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ފޮނުއްވާފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެ ގަވާއިދު ގެޒެޓްނުކުރައްވާތީ، އެމައްސަލައާ ގުޅޭގޮތުން ދިރާސާކުރެއްވިއެވެ. އެއަށްފަހު، މި މައްސަލައިގައި ކޮމިޓީން ކައުންސެލް ޖެނެރަލްގެ ލަފާފުޅަށްވެސް ރިޢާޔަތްކޮށް ނިންމެވީ، އެ ގަވާއިދު ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ގެޒެޓްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަށް އެ މިނިސްޓްރީގައި ދެންނެވުމަށާއި، އަދި ގެޒެޓްނުކުރައްވާނަމަ، މިކަމުގައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކޮމިޓީން ނިންމަވާފައިވާ ވާހަކަ އެ މިނިސްޓްރީއަށް ދަންނަވާ ސިޓީ ފޮނުއްވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA