ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

16 އޯގަސްޓު 2021 11:10

ނަންބަރު

30

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 30 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެ ކުންފުނީގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާންގިތައް ބެހެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާ މައްސަލަ މަޝްވަރާކޮށް، އެ މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށްވެސް ފޮނުވާފައިވާތީ ދެ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއްގައި މައްސަލަ ބެލުމަށް ނިންމެވިއެވެ. މީގެ އިތުރުން ކޮމިޓީއަށް ލިބިފައިވާ މަސައްކަތްތައް ތަރުތީބުކޮށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA