ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

22 މާރިޗު 2021 14:00

ނަންބަރު

9

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މިނސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުން ވާހަކަ ދައްކަވަން ދެއްވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމެވެ. ދެން ކުރިއަށް ގެންދެވީ 2013 /5 “ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު" ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފއިވާ ބޭފުޅުންނަށް ލިބިދެވޭ ޢިނާޔަތްތަކާ ގުޅޭގޮތުން ލަފާފުޅަކަށްއެދި ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެއަށްފަހު، އެޖެންޑާގެ އެހެނިހެންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެންބަރުންނަށް ދަތިތައް ކުރިމަތިވަމުންދާތީ އެ މައްސަލަ ބައްލަވައިދެއްވުންއެދި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ކޮމިޓީއަށް ހުށަހެޅުއްވެވި މައްަސަލައާ ގުޅޭގޮތުން ވެސް ކޮމިޓީގައި މަޝްވަރާކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA