ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

16 އޯގަސްޓު 2021 11:00

ނަންބަރު

21

2021 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކަމާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ބިލާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް ނިންމެވިއެވެ. އެއަށްފަހު، ރަސްމީކޮށް ވަޒީފާއަދާނުކުރާ ފަރާތްތަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދީފައިވާތީ އެ މައްސަލަ ބެއްލެވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ތާއީދުކުރައްވައި މައްސަލައެއް ހުށަހެޅުއްވިއެވެ. މި މައްސަލައަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ބެލުމަށް ވަނީ ފާސްވެފައެވެ. އަދި މީގެ އިތުރުން މި މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ފޮރިންއެފެއާޒްއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA